މަކިޓާގެ އުފެއްދުންތަކަށް ހާއްސަ މުޅިން އައު ޝޯރޫމެއް އެސްޓީއޯއިން މިރޭ ހުޅުވައިފިއެވެ.

ބޮޑުތަކުރުފާނު މަގު ސީ ޓްރެކްސް ހުންނަ އިމާރާތުގެ ގްރައުންޑް ފްލޯގައި ގާއިމު ކޮށްފައިވާ މި ޝޯރޫމް ހުޅުވުމަށް އެސްޓީއޯއިން މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވެވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެން އަމުރުގެ އިތުރުން އެސްޓީއޯގެ މަކިޓާ ސަޕްލަޔަރ ކަމުގައިވާ މަކިޓާ ސިންގަޕޯ ގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރެވެ.

އެސްޓީއޯއިން ބުނީ، މިރޭ ހުޅުވިގެންދިޔަ އާ ޝޯރޫމާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ލިބިގެން ދާނެކަމަށެވެ. މިގޮތުން ޝޯރޫމް ގެ ތެރެއިން މަކިޓާ އުފެއްދުންތަކުގެ ސްޕެއަރ ޕާރޓްސް ލިބެންހުންނާނެކަމަށާ މަކިޓާ ބްރޭންޑަށް ހާއްސަ ސާވިސް ސެންޓަރ ވެސް ހުންނާނީ މި އާ ޝޯރޫމް ތެރޭގައި ކަމަށް ވެސް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

25 އަހަރުގެ ދިވެހިންގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މަކިޓާ ބްރޭންޑަކީ 1915 ވަނަ އަހަރު އީޖާދުވެ ކަރަންޓު ސާމާނު އުފައްދައި ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް މަގުބޫލް ބްރޭންޑެކެވެ. ޖަޕާނުން އެތެރެކޮށް އެސްޓީއޯއިން މަކިޓާގެ އުފެއްދުންތަށް ދިވެހިންނަށް ފޯރުކޮށްދިނުން ވެގެން ދިޔައީ މަސައްކަތް ތެރިންގެ ވަގުތު ސަލާމަތްކޮށްދީ އިތުރު ފަސޭހަތަކެއް ލިއްބައިދިން ކަމެއްކަމުގައެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް އެސްޓީއޯގެ މަކިޓާ ބްރޭންޑްގެ އުފެއްދުންތަށް ލިބެންހުރެއެވެ. މި ގޮތުން އެސްޓީއޯ ރީޖަނަލް ފިހާރަ ތަކުން އަދި އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އޭޖެންޓުން ވެސް އާއްމުންނާއި ހަމައަށް މަކިޓާ އުފެއްދުންތައް ފޯރުކޮށްދެމުންދެއެވެ.



މަކިޓާއިން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ ތެރޭގައި، ލަކުޑި/ވަޑާންކުރުމަށް ހާއްސަ ކަރަންޓު އާލަތްތަށް، އައުޓްޑޯ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނެ ސާމާނު، ގާރޑެނިންއަށް ހާއްސަ އުފެއްދުން، އިންޑޯ އަދި އާއްމު ދިރިއުޅުމުގައި ބޭނުން ކުރެވޭނެ ވެކިއުމް ކްލީނަރ ފަދަ އެތަށް ސާމާނެއް އެކުލެވިގެންވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން