އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
ދަތުރުފަތުރުގެ އެއް ވިއުގައަކުން ރާއްޖެ ގުޅާލުމަށް ސަރުކާރުން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ޕްރޮޖެކްޓަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހާއްސަ ޕްރޮޖެކްޓެއްކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ މަސައްކަތްތަކާ ގުޅޭގޮތުން މިރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ފަސޭހަކަމާ އަރާމުގައި އެއްތަނުން އަނެއްތަނަށް ދަތުރު ކުރެވޭނެ ގޮތެއް އޮތުމަކީ ރައީސް ޞާލިޙް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މި ޕްރޮޖެކްޓް އެމްޓީސީސީއާއި ހަވާލު ކުރެވުނު ހިސާބުން ވެސް، އެ ހިދުމަތް ރަނގަޅު ފެންވަރެއްގައި ފެށުމަށް ޓާގެޓް ކުރެއްވި ކަމަށާއި، އެގޮތުން މި ހިދުމަތް ފެށުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

"މިއީ ކުޑަ މަސައްކަތެއް ނޫން. ވަރަށް ބޮޑު މަސައްކަތެއް. މިކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމާ، މިކަމަށް ބޭނުންވާ ބަސްތައް ހޯދުމާ، ފައިސާ ހޯދުމާ، ސޮފްޓްވެއަރ ޑިވެލޮޕް ކުރުމާ، މި ހުރިހާ ކަންތައްތަކުގައި ވެސް ވަރަށް ބައިވަރު މަސައްކަތްތަކެއް އެކުލެވޭ." އާޒިމް ވިދާޅުވިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހިދުމަތަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެކެވެ. އެ ވައުދު ފުއްދުމަށްޓަކައި ފަށާފައިވާ އާރްޓީއެލް ޕްރޮޖެކްޓްގެ ދަށުން، ބަހާއި ހައިސްޕީޑް ފެރީގެ ހިދުމަތް މިހާރުވަނީ ފަށާފައެވެ. އަދި މިނީ ބަހުގެ ހިދުމަތް ވެސް މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ސަރަހައްދުގައި ވެސް ފެށުމަށް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން