ރާއްޖޭގެ އިޤްތިޞާދު ހަމައިންނެއްޓި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 17 ރުފިޔާއިން މައްޗަށް އަރައިފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭރުފައިސާ އެންމެގިނައިން ލިބޭ ފަތުރުވެރިކަމުގެ ދާއިރާ ހުއްޓިފައި ވާއިރު، ކަޅުބާޒާރުގައި މިއަދު ޑޮލަރުގެ އަގު އުޅެނީ، 17 ރުފިޔާ އިން މަތީގައެވެ. ޑޮލަރުގެ މުޢާމަލާތް ކުރުމަށް މީސް މީޑިއާގައި އުފައްދާފައިވާ ގްރޫޕް ތަކުގައި ފޯރިއާއެކު ޑޮލަރުގެ ވިޔަފާރި ކުރަމުން ދާއިރު، ޑޮލަރުގެ ތާށިކަން ކުރިމަތިވެފައި ވާތީ، 17.10 އަށްވެސް ބައެއް ފަރާތްތަކުން ޑޮލަރުގެ މުޢާމަލާތް ދަނީ ކުރަމުންނެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭއިން ކަނޑައަޅާފައިވާ ޑޮލަރު ވިއްކާ އަގަކީ 15.42 އެވެ.
ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރެއް އުފެދި ޑޮލަރުގެ އަގު 17 ރުފިޔާއިން މައްޗަށް އަރާފައިވާއިރު، އިންޑިއާގެ މަރުކަޒީ ބޭންކު އާރުބީއައި އާއި އެމްއެމްއޭއާ ދެމެދު ގާއިމްކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ ދަށުން، 150 މިލިއަން ޑޮލަރު މިހާރު ވަނީ އެމްއެމްއޭ އަށް ޖަމާކޮށްދީފައެވެ. އިންޑިއާއިން މިދިޔަ އަހަރުވެސް ވަނީ ރާއްޖެއަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި 50 މިލިއަން ޑޮލަރު ދިނުމުގެ އިތުރަށް އެސްބީއައި އިން ވަނީ އެމްއެމްއޭއިން 150 މިލިއަން ޑޮލަރުގެ ޓީ ބިލްވެސް ގަނެފަ އެވެ. މީގެ އިތުރުން، ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތަކަށް 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ވެސް އިންޑިއާއިން ވަނީ ދޫކޮށްފަ އެވެ.
ކޯވިޑާ ގުޅިގެން، ރާއްޖެއަށް އާމްދަނީ ލިބެން ހުރި މަގުތައް ބަންދުވެފައިވާއިރު ރާއްޖެއިން އެންމެ ބޮޑަށް ދަރާފައި އޮތް ޗައިނާގެ ކުންފުނިތަކުން ހިންގި އަދި ހިންގަމުންދާ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކަށް ދިވެހި ސަރުކާރުން ދައްކަންޖެހޭ 1.52 ބިލިއަން ޑޮލަރުގެ ލޯނު ފަސްކޮށްދިނުމަށް އެ ޤައުމުން ވަނީ ނިންމާފައެވެ.
ޑޮލަރުގެ ދަތިކަން ރާއްޖެއަށް ކުރިމަތިވެފައިވާއިރު، ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓާނޭޝަލް އެއާޕޯޓު ހިންގާ، އެމްއޭސީއެލް އިން މީގެ ކުރިން ކޮންމެ މުވައްޒަފަކަށް ޑޮލަރުން ދެމުންގެންދިޔަ ޖުމްލަ މުސާރައިގެ 50 އިންސައްތަ ޑޮލަރުން ދިނުން މިހާރުވަނީ ހުއްޓާލާފައެވެ. އެގޮތުން އެ ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިކަމާއި، ބޭރު ފައިސާ ލިބުމުގެ ދަތިތަކެއް ހުރުމުން ކުންފުނީގެ ބޯޑުގެ ލަފާގެ މަތިން މިދިޔަ މަހުން ފެށިގެން މުވައްޒަފުންގެ މުސާރަ ދެމުން ގެންދަނީ ދިވެހި ފައިސާއިންނެވެ.
މީގެ ކުރިން ފިނޭންސް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ބޭރު ފައިސާ ހޯދުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ވިއްކުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެ ބޮންޑު ވިއްކުމުގައި ސަރުކާރު ނާކާމިޔާބު ވެފައިވާ ކަމަށް ރައީސް ޔާމީނުގެ ސަރުކާރުގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް 1.2 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އދ. ގެ ވިޔަފާރިއާ ބެހޭ ޖަމްއިއްޔާ، ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫއެންސީޓީއޭޑީ) އިން ވެސް ވަނީ ބުނެފައެވެ. އެގޮތުން ރާއްޖެއަށް 1.15 ބިލިއަން ޑޮލަރު (17.73 ބިލިއަން ރުފިޔާ) ބޭނުންވާނެ ކަމަށް އެ ޖަމުޢިއްޔާއިން ވަނީ ބުނެފައެވެ.
ރާއްޖެއަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީއަށް ބަރޯސާވެފައިވާ ގައުމަކަށްވާތީ އެ ސިނާއަތް މުޅިން ހުއްޓިފައި އޮތުމުން ރާއްޖޭގެ ޖީޑީޕީ 17 ޕަސެންޓަށް ވެއްޓޭނެ ކަމަށް އެ ޖަމުޢިއްޔާއިން ވަނީ، ލަފާކޮށްފައެވެ. ސަބަބަކީ ރާއްޖޭގެ ޖީޑީޕީގެ 66 ޕަސެންޓު ހިއްސާކުރަނީ މިހާރު ހުއްޓުމަކަށް އައިސްފައި އޮތް ފަތުރުވެރިކަމުގެ ސިނާއަތުން ކަމަށްވުމުންނެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވުން ވަނީ، 29.1 މިލިއަން ޑޮލަރު މަދުވެ، 201.4 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. މިއަހަރު ފެށުނު އިރު ދައުލަތުގެ ރިޒާވް ހުރީ، 311.3 މިލިއަން ޑޮލަރުގައެވެ. މިދިޔަ މަހުވެސް މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން ޑޮލަރުގެ ގޮތުގައި ލިބިފައި ވަނީ، 7.03 މިލިއަން ޑޮލަރެވެ. މީގެ ކުރިން ޢާއްމުގޮތެއްގައި މަހެއްގެ މައްޗަށް ޑޮލަރުގެ އާމްދަނީގެ ގޮތުގައި 40 މިލިއަން ޑޮލަރު ލިބެމުންދިޔައެވެ.
ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު މީގެކުރިން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް ހިލޭ އެހީއާއި ލޯނުގެ ގޮތުގައި މިހާތަނަށް 290 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގެ ބޭރުފައިސާގެ ބާޒާރު ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރަނީ ކުރިއަށް އޮތް މަދު ދުވަސް ތަކުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު