ރޭޕްގެ ކުށަކީ އެއްވެސް ހިސާބަކުން މާފު ނުލިބޭނެ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ގޮވާލައްވައިފި އެވެ.
މެންބަރު އަހުމަދު އަބްދުﷲ މިކަމަށް ގޮވައިލެއްވީ، މިދިޔަ ހުކުރު ދުވަހުގެރޭ، ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށްބުނާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިގެން ކުރިޔަށް ގެންދާ ކުއްލި މައްސަލައިގެ ބަހުސްގައެވެ.
ބާރަށު ދާއިރާގެ މެންބަރު ވިދާޅުވީ، ޖިންސީ މައްސަލަތަކާ ގުޅޭ ކުށްތަކަކީ އެއްވެސް ހިސާބެއްގައި މާފު ނުލިބޭ ކުށަކަށް ހަދަން ޖެހޭ ކަމަށާއި، މިހާރު މި ކުރިމަތިވާ މައްސަލަތަކަށް ޙައްލެއް ލިބޭނީ އޭރުން ކަމަށެވެ.
މީގެ އިތުރުން މިއަދުގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ވިދާޅުވީ، ހުޅުމާލެ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި މައްސަލަ ބަލަންޖެހޭނީ އަނިޔާ ލިބުނު މީހާގެ ވާހަކަތައް ގަބޫލުކޮށްގެން ކަމަށެވެ. އީވާ ވިދާޅުވީ، މި މައްސަލައިން ފާހަގަކުރެވޭ އެންމެ ބޮޑު މައްސަލައަކީ އަންހެނުންނަށް ރައްކާތެރިކަން ނެތުމާއި، އަދުލު އިންސާފުގެ ނިޒާމުން އަންހެނުނަށް ރައްކާތެރިކަން ފޯރުކޮށް ނުދެވުން ކަމަށެވެ. ދެވަނަ މައްސަލައަކީ ބޮޑެތި މީހުން އިންސާފުގެ ކުރި މައްޗަށް ނުގެންދެވޭ މައްސަލަކަމަށް އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ މި މައްސަލައިގެ ހަގީގަތް ހޯދުން ނޫން އެހެންކަމެއް ބޭނުން ނުވާކަމަށެވެ. އަދި އަނިޔާގެ ޝިކާރައަކަށްވި މީހާއަށް އިންސާފު ހޯދާ، ކަން ހިނގާފައިވާ ގޮތް ބެލުމުގެ ބޭނުން ނޫން އިތުރު ބޭނުމެއް ނެތް ކަމަށެވެ. މިފަދަ މައްސަލަތަކުގައި ހެކިނެތްކަމަށް ފުލުސް އޮފީހަށް ނުބުނެވޭނެ ކަމަށާއި ޖިންސީ ގޯނާ ކުރާއިރު މާބޮޑު ހެއްކެއް ނުހުންނާނެ ކަމަށެވެ. އަދި ޤާނޫނު ލިޔެފައި އޮތީ އެނަޒަރުންކަމަށާއި، ސިޔާސީ ޕާޓީތައް އައިސް ވެރިކަން ބަދަލުވި އިރުވެސް އަންހެނުންނަށް ރައްކާތެރިކަން ފޯރުކޮށްނުދެވުނު ކަމަށް އީވާ ވިދާޅުވިއެވެ.
މިކަމާގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، މިމަހުގެ 25 ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައިއޮތް ސަފާރީއެއްގައި ރާއްޖޭގައި މަސައްކަތްކުރާ 27 އަހަރުގެ ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ހުކުރުދުވަހު ފަތިހު ހުޅުމާލެ، ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެންމީހާ އާއި އިތުރު 2 ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މަޢުލޫމާތު އޮޅުންފިލުވުމުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ 39 އަހަރުގެ 2 ދިވެހި ދެފިރިހެނުން ކަމަށާއި، އެމީހުން ބަންދުން ދޫކޮށްލާފައި ވަނީ އެވަގުތާއި ހަމައަށް ލިބިފައިހުރި މަޢުލޫމާތު ތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީކަމަށެވެ. އަދި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުޤީގެއް މިމައްސަލާގައި ހިންގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު