މޮންގޯލިއަން ރައިސް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:
2 ޖޯޑު ކައްކާފަ ހުރި ބާސްމަތީ ރައިސް. 1 ފިޔާ. 3 ލޮނުމެދު. 1/2 ސައިސަމުސާ ގާނާފަ ހުރި އިނގުރު. ލޮނު. 1/2 ސައިސަމުސާ ތެޅިމިރުސް. 1/2 ސައިސަމުސާ އަސޭމިރުސް. 300ގ ރޯފިލުވާފައި ހުރި ކުކުޅު ( ބޯންލެސް ، ކުދިކޮށް ކޮށާފައި ). 1 ޖޯޑު ސްޕްރިންގ އޮނިއަން. 3 ބިސް.
އޭގެ އިތުރުން 1/2 ޖޯޑު ރަތް އަދި ފެހި ކެޕްސިކަމް. 1 ޖޯޑު ކެބެޖް. 1 މޭޒުމަތީސަމުސާ އޮއިސްޓަރ ސޯސް. 3 މޭޒުމަތީ ސަމުސާ ސޯޔާސޯސް. 3 މޭޒުމަތީ ސަމުސާ ތެޔޮ.
މޮންގޯލިއަން ރައިސް ތައްޔާރުކުރާނެ ގޮތް:
އުނދުންމައްޗަށް ތަވައެއް އުދުމަށްފަހު ތެޔޮފޮދު އަޅާ ހޫނުވުމުން އިނގުރު، ލޮނުމެދު އަދި ފިޔާކޮޅު އަޅާ ވަޅޯކޮށްލާށެވެ. ދެން ކެޕްސިކަމް، ކުކުޅު އެޅުމަށްފަހު 3 މިނެޓް ވަންދެން ކައްކާލާށެވެ. ތަވާގައި ހުރި އެތިކޮޅު ތަވައިގެ އެއްކައިރިއަށް ޖައްސާލުމަށްފަހު ބިސް ކޮޅުއަޅާ ރޯފިލުވާލާށެވެ.
އެއަށްފަހު ކެބެޖް، ސްޕްރިންގ އޮނިއަން، ތެޅިމިރުސް، އަސޭމިރުސް އަޅާ ރަނގަޅަށް މޯޅި ކޮށްލާށެވެ. ދެން ސޯސްތަކާއި ލޮނު އަޅާލުމަށްފަހު ބަތް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
މިހާރު އެހުރީ މޮންގޯލިއަން ރައިސް ތައްޔާރުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު