މެޑަމް ނަސްރީނާ (ވ). އާއި ފިރިކަލުން ކުރީގެ ރައީސް މައުމޫން (ކ)
މެޑަމް ނަސްރީނާ (ވ). އާއި ފިރިކަލުން ކުރީގެ ރައީސް މައުމޫން (ކ)
ކުރީގެ ފަސްޓް ލޭޑީ، މެޑަމް ނަސްރީނާ އިބްރާހީމްގެ ހާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމަށް ފިރިކަލުން، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ނަސްރީނާގެ ހާލުކޮޅު އޮޅުން ފިލުވަމުންދާ މީހުންނަށް ޝުކުރު އަދާކުރައްވައި ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހާލު ދެރަވެގެން ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މެޑަމް ނަސްރީނާ ކޯވިޑް-19 އަށް ޓެސްޓް ކޮށްފައިވާ ކަމަށާއި، ނަމަވެސް ނަތީޖާ ނެގެޓިވް ކަމަށެވެ.



ރައީސް މައުމޫން ރާއްޖޭގައި ވެރިކަން ކުރެއްވި 30 އަހަރުގެ ފަހުގެ އަހަރު ތަކުގައި މެޑަމް ނަސްރީނާ ވަނީ އިޖުތިމާއީ ޚިދުމަތުގައި ވެސް ޙަރަކާތްތެރިވެ ވަޑައިގެން މަސައްކަތް ކުރައްވާފައެވެ. އެގޮތުން ސޮސައިޓީ އޮފް ހެލްތު އެޑިއުކޭޝަން (ޝީ) ޖަމިއްޔާ އުފައްދަވައި އާއްމުންނަށް ގިނަ އެހީތަކެއް ވެދެއްވާފައިވެއެވެ.

ސިޔާސީ ކަމެއްގެ ތެރޭގައި އުޅުއްވަނިކޮށް މެޑަމް ނަސްރީނާ އާއްމުންނަށް ފުރަތަމަ ފަހަރަށް ފެނިފައިވަނީ އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް މައުމޫން ހައްޔަރުކޮށް، ޖަލަށް ލުމުން އެމަނިކުފާނު ދޫކޮށްލައްވަން ގޮވާލައްވައި ކްރިމިނަލް ކޯޓު ކައިރީގައި ބޭއްވި ހަރަކާތަކުންނެވެ. ރައީސް މައުމޫނާއި މެޑަމް ނަސްރީނާގެ ކައިވެންޏަށް މި އަހަރުގެ ޖުލައި 14 ގައި ވަނީ 51 އަހަރު ފުރިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން