ޕީޕީއެމްގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު (ކ) އާއި، ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް (ވ)
ޕީޕީއެމްގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު (ކ) އާއި، ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް (ވ)
އިދިކޮޅު ޕީޕީއެމުން ތަޢާރަފްކުރި "ލޯޔަލްޓީ ކާޑަށް" އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އަލީ ނިޔާޒު ފާޑުވިދާޅުވުމުން، ތަހުޒީބީ ދުނިޔޭގައި ޕާޓީ ހިންގާގޮތް އެމްޑީޕީން ދަސްކުރަންޖެހޭ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ނިޔާޒަށް ރަށްދު ދެއްވައިފިއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ފުރަތަމަ ފަހަރަށް ތަޢާރަފު ކުރި ލޯޔަލްޓީ ކާޑަށް ފާޑު ވިދާޅުވަމުން ހުޅުމާލެ ދާއިރާގެ މެންބަރު އަދި ރައީސް އިބްރާހީމް ކޮއްކޯފުޅު ޢަލީ ނިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީއެއްގެ ކޮންމެ މެމްބަރަކަށްވެސް އެޕާޓީއެއްގެ ތެރޭގައި ލޯޔަލްޓީ އޮންނަންވާނީ އެއް މިންވަރަކަށް ކަމަށެވެ. އަދި މެމްބަރުން ދަރަޖަ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށްވެސް ޢަލީ ނިޔާޒް ވިދާޅުވިއެވެ.

އަލީ ނިޔާޒު ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ ދުނިޔޭގެ ބޮޑެތި ޑިމޮކްރެސީ ތަކުގައި ޕާޓީތަކުގެ ލޯޔަލްޓީ ކާޑް ފަންކްޝަންކުރާ ގޮތްވެސް އެމްޑީޕީން ބަލަން ޖެހޭ ކަމަށެވެ. އަދި ޕީޕީއެމް މިހާރު ގެންދަނީ ހުރިހާ ކަމަކުން ތަފާތު ދައްކަމުން ކަމަށް ޝުޖާ ވިދާޅުވިއެވެ. މީގެއިތުރުން ޝުޖާ ވިދާޅުވީ އެހެން ޕާޓީތަކުން ކުރާ ކަންކަމަށް ފާޑު ނުކިޔައި ސަރުކާރުގެ ވެރިން ސަރުކާރު ހިންގޭތޯ މަސައްކަތް ކުރެއްވުން ބުއްދިވެރިކަމަށެވެ.

"ލޯޔަލިޓީ ކާޑަކީ ކޮބައިކަން އެބަ ދެނެގަންނަންޖެހޭ. އަޅުގަނޑު މީގެ ކުރިން ހިތަށްއެރީ އެމްޑީޕީ އަށް ދުނިޔޭގެ މަލްޓިޕާޓީ ސިސްޓަމް އެގޭކަމަށް. މިހާރު އެގިއްޖެ އެއްކަމެއްވެސް ދަންނަ ބައެއް ނޫންކަން. ޕީޕީއެމްގެ ލޯޔަލިޓީ ކާޑުގެ ފުރިހަމަ މައުލޫމާތު ހޯއްދެވުމަށް ދަންނަވަން." ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ވިދާޅުވިއެވެ.

ޕީޕީއެމުން ތަޢާރަފްކުރި ލޯޔަލްޓީ ކާޑުގެ ތެރެއިން މެޖެންޑާ ކާޑަކީ ޕާޓީގެ ހުރިހާ މެމްބަރުންނަށް އަމާޒުކޮށްގެން ތަޢާރަފް ކުރެވިފައިވާ ކާޑެކެވެ. މީގެ އިތުރުން ސިލްވާ، ގޯލްޑް، ޕްލެޓިނަމް ކާޑަކީ ވިޔަފާރި ވެރިންނާއި، ޕާޓީއަށް ހެޔޮއެދޭ ފުދުންތެރި ފަރާތްތަކަށް ޚާއްސަކުރެވިގެން ތަޢާރަފް ކުރެވިފައިވާ ކާޑެއް ކަމަށް ޕީޕީއެމުން މަޢުލޫމާތު ދެއެވެ.

ލޯޔަލްޓީ ކާޑު ތަޢާރަފު ކުރުމަށްފަހު ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އެތައްހާސް ބަޔަކު މިއަދުވެސް ޕާޓީއަށް ހެޔޮއެދި އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބިކަމަށާއި، މިއީ ޕާޓީ ކުރިއަށް ގެންދިއުމަށްޓަކައި އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބް ކާމިޔާބް ކުރުމަށް ލިބިގެންދާ އިތުރު ހިތްވަރެއްކަމަށެވެ. އަދި ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް އޮތްތަނުގައި ޕާޓީއަށް މަންފާ ލިބޭނެ ގިނަ މަސައްކަތްތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން