މާލެ ސަރަހައްދުގެ 15 ގެސްޓް ހައުސްއެއް މިއަދު ހުޅުވައިފިއެވެ.
ގާތްގަނޑަކަށް 82 ގެސްޓް ހައުސް ހިންގަމުން އަންނަ މާލޭ ސަރަޙައްދުގައި ކޯވިޑް-19 އާއި ގުޅިގެން ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު، ގެސްޓްހައުސްތައް ހުޅުވުމަށް ހުއްދަ ދިނީ މިއަދު އެވެ. މީގެ ކުރިން މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް މިިދިޔަ އޮކްޓޫބަރު 15 ގައި ވަނީ ހުޅުވަން ހުއްދަ ދީފަ އެވެ.
ގެސްޓްހައުސް ހުޅުވުމަށް ހުއްދަދެނީ ގެސްޓްހައުސްއަކުން އަމަލުކުރާނެ އެސްއޯޕީއެއް ހަދާ ޓޫރިޒަމް މިނިސްޓްރީއަށް ހުށައެޅުމުން އެ އެސްއޯޕީ އެކުލަވާލާފައިވާ ގޮތް ބެލުމަށްފަހު އެޗްޕީއޭގެ މިންގަނޑުތަަކަށް ފެތޭނަމަ އެވެ. މިއަދު ހުޅުވި ގެސްޓްހައުސްތަކުގެ ތެރޭގައި ހުޅުމާލޭގައި ހުރި ބައެއް ތަންތަނާއި މާލޭގައި ހުރި ބައެއް ތަންތަން ހިމެނެއެވެ.
މާލޭ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވައި ހިންގުމުގެ ހުއްދައަށް ޚާއްސަކޮށް އެޗްޕީއޭ އިން ކަނޑައެޅި ގައިޑްލައިނުގައިވާ ގޮތުން ގެސްޓު ހައުސްތައް ހުޅުވާ ރަށްރަށުގައި އުޅޭ އެންމެން މާސްކު އެޅުން މަޖުބޫރު ވާނެ އެވެ. އަދި އެ ރަށެއްގައި އުޅޭ ބަޔަކު ކޯވިޑް-19 ފެތުރިފައި ނެތް ރަށަކަށް، ޒަރޫރީ ބޭނުމެއްގައި ނޫނީ ދާ ނަމަ ކަރަންޓީނުގެ މުއްދަތު ވެސް ފުރިހަމަކުރަން ޖެހެ އެވެ.
އޭގައިވާ ގޮތުން ހޮޓާ އަދި ގެސްޓްހައުސްތަކުގައި ތިބެވޭނީ ފަސް ބާވަތެއްގެ މީހުންނަށެވެ. މި ފަސްބާވަތުގެ މީހުންނަކީ، ޓްރާންސިޓް ފަތުރުވެރިން ނުވަތަ ރެގިއުލާކޮށް މަޑުކޮށްލާ ފަތުރުވެރިން، ގޭގައި ފުރަބަންދު ކަރަންޓީން ވެވޭނެގޮތް ނެއް ދިވެހިން، ފުރަބަންދު ކަރަންޓީނަށް ނުވަތަ ރެގިއުލާކޮށް މަޑުކޮށްލާ ވޯކް ވިސާ އޮންނަ ބޭރުގެ ފަރާތްތައް، ޑިޕްލޮމެޓިކް، ބިޒުނަސް، ނުވަތަ ހާއްސަ އެހެން ވިސާއެއްގައި ހުއްނަ ބޭރުމީހުން، އަދި އަތޮޅުތެރޭ ރައްތަކުން މާލެއަށް އެކިބޭނުންތަކުގައި އައްނަ ދިވެހިންނެވެ.
އެޗްޕީއޭގެ ގައިޑްލައިންގައި ބުނާ ގޮތުން، ގެސްޓްހައުސް ތަކަށް ދާ ފަތުރުވެރިން ފުރުމުގެ 72 ގަޑިއިރު ކުރިން ކޯވިޑް-19 އަށް ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެއެވެ. އަދި ގެސްޓްހައުސް ތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން، މަހަކު އެއްފަހަރު ޕީސީއާރް ޓެސްޓް ވެސް ހަދަން ޖެހޭނެއެވެ. އަދި ކޮންމެ ގެސްޓްހައުސް އަކުން ވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ގާއިމް ކުރުމާއި އައިސޮލޭޝަންއަށް ހާއްސަ ކޮޓަރިތަކެއް ހުންނަން ޖެހޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު