އެމްޑީޕީން ހަދާފައިވާ ކޯލިޝަނުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދާނީވެސް އެއް ލައްކަ ވޯޓު ހޯދައިގެންކަމަށާއި، އެކަމަށް އަމާޒުކޮށްގެން މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.
ކ.ގުރައިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މި ފަހަރުގެ އިންތިހާބަށް އެމަނިކުފާނުގެ ނިކުންނަވަނީ މިހާތަނަށް ރިޔާސީ އިންތިހާބަކަށް ނިކުންނަ އެންމެ ބޮޑު ކޯލިޝަނަކާއެކު ކަމަށެވެ. އެގޮތުން އެކޯލިޝަނުގައި 70 ހާހެއްހާ މެމްބަރުން ތިއްބެވިކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކޯލިޝަންގައި މިހާރު ތިބި މެމްބަރުންގެ އަދަދު އަދިވެސް އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އެ ދުވަހު ވޯޓުލާއިރުގައި އެއް ލައްކަ ވޯޓުން ފެށުން. ހަމަކޮށްލަން ދެން އޮތީ ކުޑަކުޑަ ތަންކޮޅެއް،" ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީން ހަދާފައިވާ ކޯލިޝަންގައި އަދާލަތު ޕާޓީ އާއި އެމްޑީއޭއިން ވަނީ ބައިވެރިވެފައެވެ.
މި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީގައި 58035 މެމްބަރުން، އެމްޑީއޭގައި 10277 މެމްބަރުން އަދި އަދަލާތު ޕާޓީގައި 9595 މެމްބަރުން އެބަ ތިއްބެވެ.

މިޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް @ibusolih ކ.ގުރައިދޫއަށް ވަޑައިގަތުމުން ހޫނު މަރުޚަބާއެއް ދަންނަވައި.
— MDP Secretariat (@MDPSecretariat) July 13, 2023
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އަށް ރައީސް @ibusolih މާލެ އަތޮޅު ގުޅި، ގުރައިދޫ އަދި މާފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު.
#Ibu2023
#VoteMDP
#UfaaveriAmaanRaajje pic.twitter.com/HTvDpSZqnT
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީން ހަދާފައިވާ ކޯލިޝަންގައި އަދާލަތު ޕާޓީ އާއި އެމްޑީއޭއިން ވަނީ ބައިވެރިވެފައެވެ.
މި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީގައި 58035 މެމްބަރުން، އެމްޑީއޭގައި 10277 މެމްބަރުން އަދި އަދަލާތު ޕާޓީގައި 9595 މެމްބަރުން އެބަ ތިއްބެވެ.
ކިޔުންތެރިންގެ ހިޔާލު